Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
މުދާ ނެގުމާ ބެހޭ ބިލު: ކުށް ސާބިތުނުވިޔަސް މުދާ ނެގިދާނެ، ނާންގައި އެކައުންޓު މޮނިޓާ ވެސް ކުރެވިދާނެދައުރު

މުދާ ނެގުމާ ބެހޭ ބިލު: ކުށް ސާބިތުނުވިޔަސް މުދާ ނެގިދާނެ، ނާންގައި އެކައުންޓު މޮނިޓާ ވެސް ކުރެވިދާނެ

ބިލުގައިވާ ގޮތުން، އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެކައުންޓް މޮނިޓާކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން؛ އެ ހާލަތުގައި އެކައުންޓު މޮނިޓާކުރަމުންދާކަމުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ދީފި ނަމަ، 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވިދާނެ

ދ
6 އޮކްޓޫބަރު 2026 12:434 މިނިޓުގެ ކިޔުން 3,073
Aa

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލުގެ ބަހުސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިއަދުގެ މަޖިލީހުގައި ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.

ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި މި ބިލުގެ މަގުސަދެއްގެ ގޮތުގައި އޮތީ، ޖިނާއީ ބޮޑެތި ކުށްކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި ނުހައްގުން ހޯދާ އެފަދަ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ. މިފަދަ މުދާ ދައުލަތަށް ނެގުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ތައާރަފުކުރުމުގެ ގޮތުން މި ބިލު ބައްޓަންކޮށްފައިވަނީ މައިގަނޑު ހަ ކަމެއް ހާސިލުކުރުމަށް ކަމަށް ބިލުގައިވެ އެވެ. އެއީ:

ކުށް ސާބިތުވުމުން ކުށް ކޮށްގެެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އިސޫލުތައް ކަނޑައެޅުން

އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުވުމަކާ ނުލާ ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލު ތައާރަފުކުރުން

ކުށް ކޮށްގެން ހޯދާ މުދަލުން މުއާމަލާތުކުރުން ހުއްޓުވުން

ހިފެހެއްޓޭ އަދި ދައުލަަތަށް ނެގޭ މުދާ ބެލެހެއްޓުމާބެހޭ އުސޫލުތަކެއް ކަނޑައެޅުން

ބޭރު ގައުމުތައް މެދުވެރިކޮށް ހޯދާ މުދާ ހިފެހެއްޓުމާ ދައުލަތަށް ނެގުމުގެ އުސޫލުތަކެެއް ކަނޑައެޅުން

ރާއްޖޭގައިވާ ބޭރު ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން

މިފަދަ ކުށްތަކުގައި މުދާ ހިފެހެއްޓުމާއި ނެގުމުގައި ތަހުގީގީ އިދާރާތަކުން އަމަލުކުރަންވާނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަދި ގާނޫނުގައިވާ އުސޫލުތަކުގެ ދަށުން ކަމަށް ބިލުގައިވެ އެވެެ.

މި ގާނޫނުގެ ދަށުން މުދާ ހިފެހެއްޓޭނެ މީހުންގެ ތެރޭގައި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ކުށް ކޮށްފައިވާ ފަރާތްތައް ވެސް ހިމެނެ އެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ސާބިތުވެފައިވާ ކުށެއްގެ ދަށުން ވެސް މުދާ ދައުލަތަށް ނެގިދާނެ ކަމަށް ބިލުގައިވެ އެވެ.

ކުށް ސާބިތުނުވާ ހާލަތުގައި ވެސް ވަކި މުދަަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދާ ކަމަށް މަދަނީ މިންގަނޑުން ސާބިތުކޮށްދެވޭ ނަމަ، ސިވިލް ރެސްޓްރެއިންޓް އަމުރެއް މެދުވެރިކޮށް މުދާ ހިފެހެއްޓުމުގެ ނުވަތަ ސިވިލް ފޯފީޗާ އަމުރެއްގެ ދަށުން އެ މުދާ ދައުލަތަށް ނެގުމުގެ އިހުތިޔާރު ޕީޖީއަށް ލިބޭނެ

މާލީ އިދާރާއެއްގެ އެކައުންޓެއްގައި ދައުލަތަށް ނެގިދާނެ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ހުރި ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ގާނޫުނު ތަންފީޒުކުރާ އިދާރާތަކަށް ގަބޫލުކުރެވޭ ނަމަ، ކޯޓު އަމުރެއްގެ ދަށުން އެކައުންޓެއްގެ ވެރިފަރާތަށް ނޭނގި އެ އެކައުންޓެއް މޮނިޓާކުރެވިދާނެ؛ މިފަދަ އަމުރެއް ނެރެދެވޭނީ ތިން މަސްދުވަހަށް

އެކައުންޓުގެ ވެރިފަރާތަށް އަންގަންނުޖެހޭ ގޮތަށް ނުވަތަ ނޭނގޭ ގޮތަށް މި އަމުރު ނެރޭ ހާލަތުގައި އެ އަމުރު ކޯޓުން ނެރެފައިވާކަން ނުވަތަ އެ އަމުރު ތަންފީޒުކުރެވޭކަމުގެ އެއްވެސް މައުލޫމާތެއް ގާނޫނު ތަންފީޒުކުރާ ފަރާތްތަައް ފިޔަވައި އެހެން މީހަކަށް ހާމަކުރުމަކީ މަނާކަމެއްގެ ގޮތުގައި ހިމަނާފައިވޭ

އެ މާއްދާއާ ހިލާފުވެއްޖެ ނަމަ، 100،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން އެ މައުލޫމާތެއް ހާމަކުރި މީހަކާއި ބޭންކެއް ވެސް ޖޫރިމަނާކުރުމުގެ އިހުތިޔާރު ކޯޓަށް ލިބޭނެ

މިގޮތަށް ދައުލަތަށް ނަގާ މުދާ ވިއްކުމުގެ އިހުތިޔާރުދީ އެކަން ކުރެވޭނެ ގޮތްތައް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން، ބީލަމުގެ އުސޫލުންނާއި ނީލަން ކިޔައިގެން މިފަދަ މުދާ ވިއްކާލެވިދާނެ އެވެ. އެކަމަކު އެ މުދާ ނިސްބަތްވި މީހާ އާއި އޭނާގެ އާއިލާގެ މީހަކަށް ވެސް އެ މުދާ ވިއްކުމަކީ މަނާ ކަމެއް ކަމަށް ބިލުގައިވެ އެވެ.

މީގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ފަހު، ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ މީހާއަށް ބަދަލުދިނުމަށާއި ކަމާބެހޭ ހަރަދުތައް ބެލެހެއްޓުމަށް ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ތެރޭ 'ރިކަވަރީ އެސެޓްސް ފަންޑެއް' ގާއިމުކުރަން ބިލުގައި ހިމަނާފައިވެ އެވެ.

އަދި ގާނޫނަށް އަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި 'އެސެޓް މެނޭޖްމަންޓް އޮތޯރިޓީ'ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ވެސް ރައީސް އުފައްދަންވާނެ އެވެ. މިއީ މާލީ ވުޒާރާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވާ ގޮތަށް އުފައްދާ މިނިވަން އިދާރާއެކެވެ.

މި އިދާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދައުލަތަށް ނޭގޭ މުދާ ރައްކާތެރިކަމާ އެކު ބަލަހައްޓުމާއި އަގުމަގުކުރުމާއި ދަފްތަރު ކުރުމުގެ އިތުރަށް ކުށުގެ ޝިކާއަރައަށްވާ މީހާއަށް ބަދަލު ދިނުމުގެ ކަންކަން ކުރުން ހިމެނެ އެވެ.

ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި ބިލުގައި ހިމަނާފައިވަނީ:

ކުށް ކޮށްގެން ހޯދާ މުދަލާއި ކުށް ކުރަން ބޭނުންކުރާ މުދާ

މަނީ ލޯންޑަރިންގެ ކުށް

ޓެރަރިޒަމްގެ ކުށާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް

މީހަކު މެރުމުގެ ކުށް

މަސްތުވާތަކެތި އަދި މީހުން ޓްރެފިކް ކުރުމުގެ ކުށްތައް

އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށް

ހަތިޔާރު ޓްރެފިކްކުރުމާއި ފައިސާ އަދި އަގުހުރި އެއްޗެހި ކައުންޓާފީޓްކުރުމުގެ ކުށް

އިންސައިޑާ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަންްގެ ކުށްތައް

ކޮރަޕްޝަނާއި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް

ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ތެރެއިން 500،000ރ. އިން މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތައް

ފޭރުމާއި ވައްކަމާއި ހިޔާނާތާއި ވަގަށް ނަގާފައިވާ ތަކެތި ޓްެެރެފިކް ކުރުމުގެ ކުށުގެ އިތުރުން މުދާ ސްމަގަލް ކުރުން ފަދަ ކުށްތަކުގެ ތެރެއިން 100،000ރ. އިން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތައް

ޖިނާއީ ބޮޑު ކުށެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން އެ ކުށެއް ކޮށްގެން މުދާ ހޯދޭނެ ކޮންމެ ކުށެއް

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.