ހުޅުމާލޭގައި ރޭ ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގީ ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 2:55 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ބުނީ ކީކޭ؟ - ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓުގައި:
ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން ދަނީ ފަރުވާދެމުން
އެކްސިޑެންޓްގައި އަނިޔާވި 3 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައި
އަނެއް ދެ މީހުން ވެސް އިތުރު ފަރުވާއަށް އަޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. އަދި ސައިކަލުތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ.
މި އެކްސިޑެންޓު ހިނގީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް ފުލުހުންނަށް ފިލަންވެގެން ވަންވޭ ފަޅާލާފައި ދަނިކޮށް ކަމަށްވެ އެވެ. އެކަމަކު މި ހާދިސާ ހިނގިގޮތުގެ ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ވެސް ނުދެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަޢުލޫމާތު: ދައުރު








ކޮމެންޓް