މެލޭޝިއާގައި ރޭ ހިނގި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓުގައި ޓެކްސީ ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އެކްސިޑެންޓުގައި މަރުވީ އުމުރުން 21 އަހަރުގެ އައްޑުއަށް ނިސްބަތްވާ އާމިނާ އިމިލީ ނާޒިމް އެވެ.
މި މައްސަލައިގެ ތަހުގީގަށް އިމިލީގެ އާއިލާގެ ބައެއް މެންބަރުން މިއަދު ވަނީ މެލޭޝިއާއަށް ފުރައިފަ އެވެ.
ތަފްސީލު - ޗައިނާ ބަހުން މެލޭޝިއާގައި ހަބަރު ނެސްދޭ 'އޮރިއަންޓަލް ޑެއިލީ' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގްރެބް މެދުވެރިކޮށް ނެގި ކާރު ދުއްވަން އިނީ 37 އަހަރުގެ މެލޭޝިއާގެ ފިރިހެނެކެވެ. އެގޮތުން:
އެ ޑްރައިވަރުގެ ބަންދަށް ކޯޓުން ވަނީ ހަތަރު ދުވަސް ޖަހާފައި
އޭނާގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތުއަށް ޕޮޒިޓްވެފައި
މި އެކްސިޑެންޓް ހިނގީ ދެ ކާރެއް ޖެހިގެންނެވެ. އޭގެ ތެރެއިން އެއް ކާރު ވަނީ ފުރޮޅާލައިފަ އެވެ. އިމިލީއާ އެކު ދިވެހި އެހެން ދަރިވަރަކު ވެސް އިނެވެ. އޭނާއަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.
އިމިލީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މަޢުލޫމާތު: ދައުރު








ކޮމެންޓް