އުމުރުން 18 އަހަރުން ދަށުުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - މިކަން ހިނގާފައި ވަނީ، އުތުރުގެ ރަށެއްގަ އެވެ. އަދި މިކަމާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދަރުވަމުންނެވެ.
ފުލުހުން ބަސް - ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ، "ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް" ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ކުޑަކުދިންގެ މައްސަލަތައް ރިޕޯޓްކުރާއިރު އެއީ ކޮން ކުއްޖެއްކަން އެނގިދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުން މަނަ އެވެ. އެހެންކަމުން އެފަދަ ކުދިން ނިސްބަތްވާ ރަށުގެ ނަން ވެސް ނުލިޔެވޭނެ އެވެ.
މަޢުލޫމާތު: ދައުރު








ކޮމެންޓް