ދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓު ދެމަފިރިއަކު ގެނބިގެން މަރުވެއްޖެ އެވެ.
ތަފްސީލް - ފުލުހުން ބުނިގޮތުގައި ޗައިނާގެ އެ ދެ މީހުން ފެނުނީ މޫދުގައި ހަބަރު ހުސްވެފައި ތިއްބަ އެވެ.
ކަނޑިންމަ މޯލްޑިވްސްގައި ގެނބުނު އެ ދެ މީހުން ވަނީ ހަމަ އެވަގުތު ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ދެ މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގުން މުހިއްމު - ފުލުހުން މިދިޔަ އަހަރު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކަނޑުމަތީގެ އެކި ހާދިސާތަކުގައި މިދިޔަ ހަތަރު އަހަރުގެެ ތެރޭގައި 112 ޓޫރިސްޓަކު ވަނީ މަރުވެފަ އެވެ. މި އަހަރު ވެސް ޓޫރިސްޓަކު ވަނީ ގެނބިގެން މަރުވެފަ އެވެ.
މަޢުލޫމާތު: ދައުރު









ކޮމެންޓް