Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
އީރާނަށް އެމެރިކާގެ ބައެއް ސިޓީތައް ހިފިދާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން 2 ޕާޓީގެ ފާޑުކިޔުންދައުރު

އީރާނަށް އެމެރިކާގެ ބައެއް ސިޓީތައް ހިފިދާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން 2 ޕާޓީގެ ފާޑުކިޔުން

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި ކާމިޔާބީ ހޯދުމަށްޓަކައި، އެމެރިކާގެ ބައެއް ސިޓީތައް ސުންނާފަތިވުމަކީ ދެއްކިދާނެ "ކުޑަ އަގެއް" ކަމަށް ޓްރަމްޕް ވިދާޅުވި

ދ
7 އޮކްޓޫބަރު 2026 07:532 މިނިޓުގެ ކިޔުން 1,144
Aa

އީރާނުން ސެން ޑިއޭގޯ އާއި ލޮސް އެންޖެލެސްއަށް ހަމަލާދިނުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ދެ ޕާޓީގެ ވެސް ސިޔާސީ ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި ކާމިޔާބީ ހޯދުމަށްޓަކައި، އެމެރިކާގެ ބައެއް ސިޓީތައް ސުންނާފަތިވުމަކީ ދެއްކިދާނެ "ކުޑަ އަގެއް" ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުންގެ ފާޑުކިޔުންތައް އޭނާއަށް ވަނީ އަމާޒުވެފަ އެވެ.

ނެބްރަސްކާގައި ބޭއްވި މިޑްޓާމް ކެމްޕޭން ރެލީއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަށް މަސްދުވަހަށް ދެމިގެންގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގުތަކަށް އަސަރުކުރަމުންދާއިރު، އެމެރިކާގެ ރައްޔިތުން ގުރުބާނީތަކެއް ވުމަށް ތައްޔާރުވާންޖެހޭ ކަމަށެވެ.

"ދުނިޔެ އާއި އަދި އަޅުގަނޑުމެންގެ ގައުމުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި މިއީ ދެއްކިދާނެ ވަރަށް ކުޑަ އަގެއް،" ޓްރަމްޕް ވިދާޅުވި އެވެ.

"އެ މީހުންނަށް ސިޓީއެއް ހަލާކުކޮށްލެވިދާނެ. ލޮސް އެންޖެލެސް ނުވަތަ ސެން ޑިއޭގޯ ފަދަ ސަރަހައްދެއް ހަލާކުކޮށްލިޔަސް އެއީ ވަރަށް ކުޑަ ކަމެއް. މިކަން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ."

ޓްރަމްޕަށް އަބަދު ވެސް ފާޑުވިދާޅުވާ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް މި ވާހަކަތަކަކީ ނުރައްކާތެރި ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވައި ރައީސްގެ އަމަލުތައް ހިފެހެއްޓުމަށް ކޮންގްރެސްއަށް ގޮވާލެއްވި އެވެ.

މީގެ އިތުރުން، ރިޕަބްލިކަން ޕާޓީގެ ސިޔާސީ ބޭފުޅުން ވެސް ވަނީ މި ވާހަކަތަކަށް ފާޑުވިދާޅުވެފަ އެވެ. ސެން ޑިއޭގޯ ސަރަހައްދުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް ވާދަކުރައްވާ ރިޕަބްލިކަން ކެންޑިޑޭޓް ޖިމް ޑެސްމަންޑް ވިދާޅުވީ، ޓްރަމްޕްގެ އެ ވިސްނުމާ އޭނާ ހަރުކަށި އިބާރާތުން ދެކޮޅު ހައްދަވާ ކަމަށެވެ.

"އީރާނާ ދެކޮޅަށް އެމެރިކާ ތެދުވެ، އަޅުގަނޑުމެންގެ މަސްލަހަތުތައް ހިމާޔަތްކުރަންޖެހޭ. ނަމަވެސް، ކޮމާންޑަރު އިން ޗީފްގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ އެމެރިކާގެ ރައްޔިތުންނާއި ގައުމުގެ ސަލާމަތްތެރިކަން ކަށަވަރުކުރުން،" ޑެސްމަންޑް ވިދާޅުވި އެވެ.

"އެމެރިކާގެ އެއްވެސް ސިޓީއަކީ ގުރުބާންކުރެވޭނެ ތަނެއް ނޫން އަދި އެއްވެސް އާއިލާއަކީ ހަނގުރާމައިގެ ގެއްލުމުގެ ގޮތުގައި ބެލެވޭނެ ބައެއް ނޫން."

ރިޕަބްލިކަން ޕާޓީއާ ގުޅިގެން މަސައްކަތްކުރައްވާ މިނިވަން މެންބަރެއް ކަމަށްވާ ކެވިން ކައިލީ ވެސް ވަނީ ޓްރަމްޕްގެ ވާހަކަތަކަކީ އެއްވެސް ފައިދާއެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ނަމަވެސް ވައިޓް ހައުސްއިން ވަނީ މި ފާޑުކިޔުންތައް ބަލައިނުގަނެ، ޓްރަމްޕް އެ ވިދާޅުވީ އީރާނުން ނިއުކްލިއަ ހަތިޔާރު ހޯދައިފި ނަމަ، އެމެރިކާގެ ސިޓީތަކަށް މިއަށް ވުރެ ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ވާހަކަ ކަމަށް ބުނެފަ އެވެ. ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވަން ޗިއުންގް ވިދާޅުވީ، މިއީ މީޑިއާއިން ހަގީގަތެއް ނެތް ކަންބޮޑުވުންތަކެއް އުފައްދައިގެން ކުރާ ކަމެއް ކަމަށެވެ.

މި މައްސަލަ ހޫނުވެފައިވަނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓާމް އިންތިހާބަށް މަދު ހަފުތާކޮޅަކަށް ވެފައި ވަނިކޮށެވެ. މި އިންތިހާބުގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ހުރިހާ ގޮނޑިއަކަށާއި ސެނެޓުގެ ތިންބައިކުޅަ އެއްބައި ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.