ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު މަރުވެއްޖެ އެވެ.
ތަފްސީލް - ފުލުހުން ބުނިގޮތުގައި މަރުވެފައިވަނީ:
ކޮލަމާފުށީ އަހުމަދު މިސްހާގު، 45
ފުލުހުން ބުނިގޮތުގައި މިއަދު މެންދުރު ފަހު 2:30 ހާއިރު މިސްހާގު މަރުވީ، ޓީވީއެމްގެ ޕްރޮގްރާމަކަށް ރަށުތެރެ ތައްޔާރުކުރުމަށް ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށެވެ.
އޭނާ މަރުވެފައިވާކަން އެ އަތޮޅު އަތޮޅު ހޮސްޕިޓަލުން ޔަގީންކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.
މަޢުލޫމާތު: ދައުރު








ކޮމެންޓް