އިއްޔެ ފާހަގަކުރި ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ދަ ހޯކްސް ކުންފުނީގެ ފަރާތުން މާލެ ސަރަހައްދާއި އަތޮޅުތަކުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ސްމާޓް ރިފިއުލިން ވައުޗަރު ދީފި އެވެ.
ވީ ކިހިނެއް؟ - މިއީ ރާއްޖޭގެ ދަރިވަރުންނާއި މުޖުތަމައު ބިނާކުރުމުގައި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ހިދުމަތްތެރިން ކުރާ އަގުހުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކުންފުނިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ތަފްސީލް - ހޯކްސް އިން ބުނި ގޮތުގައި، މި ޕްރޮގްރާމުގެ މަގުސަދަކީ ހަމައެކަނި އުނގަންނައިދިނުމުގެ އިތުރުން، ދަރިވަރުންނަށް މަގުދައްކައިދީ، އެ ކުދިންގެ ހިދުމަތްތެރިކަން އިތުރުކޮށް، މުސްތަގުބަލުގެ ޖީލުތައް ބިނާކުރުމުގައި ޓީޗަރުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރުމެވެ.
ޓީޗަރުންނަކީ ހަމައެކަނި ކްލާސްރޫމުގެ ތެރޭގައި ތައުލީމު ފޯރުކޮށްދޭ ބައެއްގެ އިތުރުން، ދަރިވަރުންގެ ތައުލީމީ ހަޔާތުގައި ބޭނުންވާނެ މުހިންމު އިލްމާއި ހިތްވަރާ އަދި އަހުލާގީ މިންގަނޑުތައް އުނގަންނައިދޭ ބައެއްކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
މި ހަރަކާތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލްތަކަށް ފޯރުކޮށްދިން ސްމާޓް ރިފިއުލިން ވައުޗަރުތަކުގެ އެހީގައި، އެ ޓީޗަރުންނަށް ހޯކްސްގެ ތެޔޮ ސްޓޭޝަންތަކުން ހިދުމަތް ހޯދޭނެ އެވެ.
މީގެ އިތުރުން، ތެޔޮ އެޅުމުގެ ހިދުމަތް ފަސޭހަކަމާ އެކު ހޯދުމަށް ފަރުމާކޮށްފައިވާ 'ހޯކްސް ޕްލަސް' އެޕްލިކޭޝަނާ ބެހޭ މައުލޫމާތު ވެސް އެ ކުންފުނިން ވަނީ ހިއްސާކޮށްފަ އެވެ. މި އެޕް މެދުވެރިކޮށް:
ރަޖިސްޓްރީވެ، އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ
ހޯކްސް ފިއުލް ސްޓޭޝަންތަކަށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ
އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ޕޮއިންޓް ހޯދޭނެ
އެ ޕޮއިންޓްތައް ބޭނުންކޮށްގެން ތެޔޮ އެޅުމުގެ ފުރުސަތު ވެސް ލިބޭނެ
މަޢުލޫމާތު: ދައުރު









ކޮމެންޓް