Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
ބީއެމްއެލްގެ އެހީ ނަފްސާނީ ރިހެބިލިޓޭޝަން ޕްރޮގްރާމަށްދައުރު

ބީއެމްއެލްގެ އެހީ ނަފްސާނީ ރިހެބިލިޓޭޝަން ޕްރޮގްރާމަށް

މިއީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމަށް ހިންގި ޕްރޮގްރާމެއް

ދ
7 އޮކްޓޫބަރު 2026 14:331 މިނިޓުގެ ކިޔުން 1,225
Aa

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކް ފަންޑުގެ އެހީތެރިކަމާ އެކު، މޯލްޑިވިއަން ނާސަސް އެސޯސިއޭޝަން (އެމްއެންއޭ)ން ހުޅުމާލެ ފޭސް 2ގައި ކުރިއަށްގެންދިޔަ 'ޒައިތޫން' ނަފްސާނީ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ތަފްސީލް - މިއީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމަށް ހިންގި ޕްރޮގްރާމެކެވެ.

މީގެ އިތުރުން، އެފަދަ ފަރާތްތައް މުޖުތަމައަށް ނެރެ އަހުލުވެރިކުރުވުމަށާއި ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ އިސްކަމެއް ދީފަ އެވެ.

އެމްއެންއޭން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ދަށުން:

ދުޅަހެޔޮ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުން

މުޖުތަމައު ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް

މި ހަރަކާތްތަކުގެ ދަށުން ހުޅުމާލޭގެ 100އަށް ވުރެ ގިނަ ފަރާތްތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ފާހަގަކޮށްލެވޭ - ބީއެމްއެލް ބޭންކް ފަންޑުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މިފަދަ މުހިންމު އިޖުތިމާއީ މަޝްރޫޢުތަކަށް ބޭންކުން އަބަދު ވެސް އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.