ސަރުކާރު ކުންފުނިތަކަށް ލިބުނު ފައިދާ ދަށްވެ ޑިވިޑެންޑުން ބަޖެޓަށް ލިބުނު އާމްދަނީ %25 ދަށަށް ހިނގައްޖެ އެވެ.
ވީ ކިހިނެއް؟ - މާލީ ވުޒާރާއިން އާންމުކުރާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 1ގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ބަޖެޓަށް ލިބިފައިވާ އާމްދަނީއަކީ:
483.2 މިލިއަން ރުފިޔާ
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 166 މިލިއަން ރުފިޔާ މަދު އަދަދެއް
އެ މުއްދަތުގައި މިދިޔަ އަހަރު ޑިވިޑެންޑުން 649 މިލިއަން ރުފިޔާ ލިބިފައިވޭ
ތަފްސީލް - މިއަހަރަށް މަޖިލީހުން ފާސްކޮށްދިން ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން ޑިވިޑެންޑުގެ ގޮތުގައި 552.3 މިލިއަން ރުފިޔާ ލިބޭނެ އެވެ. މިހާތަނަށް މި ވަނީ ލަފާކޮށްފައިވާ އަދަދުގެ %87 ލިބިފަ އެވެ.
ބަޖެޓުގައި ހުރި ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ކެޕިޓަލްގެ ގޮތުގައި ވަނީ:
903 މިލިއަން ރުފިޔާ ދޫކޮށްފައި
930 މިލިއަން ރުފިޔާ ކުންފުނިތަކަށް ދޫކުރަން ބަޖެޓްކޮށްފައިވޭ
ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި އެބަހުއްޓެވެ. އޭގެ ތެރެއިން ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގަ އެވެ.
މަޢުލޫމާތު: ދައުރު









ކޮމެންޓް