Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
ދަރަނި ނުދައްކައިގެން މަޖިލިސް ގޮނޑި ގެއްލުނު ސިނާން އެގްރޯނެޓްގެ އެމްޑީއަކަށްދައުރު

ދަރަނި ނުދައްކައިގެން މަޖިލިސް ގޮނޑި ގެއްލުނު ސިނާން އެގްރޯނެޓްގެ އެމްޑީއަކަށް

އޭގެ އިތުރުން އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް މުހައްމަދު އަނަސް ވަނީ އައްޔަންކޮށްފައި

ދ
5 އޮކްޓޫބަރު 2026 21:051 މިނިޓުގެ ކިޔުން 2,472
Aa

ހުކުމާ އެއްގޮތަށް ދަރަންޏެއް ނުދައިގެން މަޖިލިސް ގޮނޑި ގެއްލުނު ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ކުރީގެ މެންބަރު މުހައްމަދު ސިނާން، އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން މިދިޔަ މަހު ވަނީ އެގްރޯނެޓް ކުންފުނި، މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.

މިފްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓުގައިވާ ގޮތުން އެ ކުންފުނީގެ ބޯޑުން އެގްރޯނެޓްގެ ލީޑާޝިޕަށް ދެ ބޭފުޅަކު ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން:

އެގްރޯނެޓްގެ އެމްޑީއަކަށް ހަމަޖެއްސީ ކުރީގެ މަޖިލިސް މެންބަރު ސިނާން

އެގްރޯނެޓްގެ ޗެއާމަންއަކަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް

ފަސް މަންޒަރު - މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ، ހަ މަސްދުވަސް ތެރޭ ދައްކަން ކުރި ހުކުމަކާ އެއްގޮތަށް އެ ފައިސާ ދައްކާފައިނުވާތީ، ސިނާންގެ ގޮނޑި ގެއްލުނީ މިދިޔަ އެޕްރީލް މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު އެވެ.

ސިނާންގެ ގޮނޑި ގެއްލުމާ އެކު ބޭއްވި ބައި-އިލެކްޝަންގައި އޭނާ ވާދަކުރަން ނިންމައި، ޕީއެންސީގެ ޓިކެޓް ވެސް ކާމިޔާބުކުރެއްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޕީއެންސީގެ ޕްރައިމަރީން ނާކާމިޔާބުވި ކެންޑިޑޭޓަށް ޓިކެޓް ދޫކޮށްލައްވައި، ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ނިންމަވައިފަ އެވެ.

އެ ބައި-އިލެކްޝަން ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.